އިއްޔެ މަރުވެފަ އޮއްވަ ފެނުނު ބިދޭސީ މީހާގެ ޝައްކުވާ ކަމެއް ނެތް: ފުލުހުން

މާލޭ، މާފަންނު ގެއެއްގައި އިއްޔެ މަރުވެފައި އޮއްވަ ފެނުނު ބިދޭސީ މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. އެމީހާ މަރުވެފަ އޮއްވަ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ...

14 Jun 2022 | 06:19

މާލޭ، މާފަންނު ގެއެއްގައި އިއްޔެ މަރުވެފައި އޮއްވަ ފެނުނު ބިދޭސީ މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހާ މަރުވެފަ އޮއްވަ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ހެނދުނު 11:45 ހާއިރު އެވެ. މަރުވެފައި އޮއްވަ ފެނުނީ57 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ބުނީ މިހާރު މަސައްކަތް ކުރަމުންދަނީ އެމީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލުމަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށް ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަދި އެމީހާ މަރުވެފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް