އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދު ކުރައްވަން ޑީފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނިންމަވައިފި އެވެ.
ރައީސް ކަމުގެ ދެވަނަ ދައުރަކަށް ވާދަ ކުރައްވާނެ ކަން ރައީސް ސޯލިހު އިއުލާނު ކުރެއްވީ މިދިޔަ ހަފްތާގައި އެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަން ލިބޭނީ ކޯލިޝަނަކުން ނުކުމެގެންމަން މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާއިން އެނގޭ ކަމަށެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަނާ ރައީސް ސޯލިހާއި އެކު2018 ވަނަ އަހަރުން ފެށިގެން ދަނީ ކެބިނެޓްގައި މަސައްކަތް ކުރަމުން ކަމަށެވެ. މާރިޔާ، ރައީސް ސޯލިހު ސިފަކުރެއްވީ ހިންގުންތެރި އެހެން މީހުންގެ ވާހަކަތައް އަޑުއަހާ ބޭފުޅެއްގެ ގޮތުގައި އެވެ.
އަދި ހުޅުވިފައިވާ ހިލާޔެއްގެ ބޭފުޅެއް ކަމަށާއި ބަލި ގަބޫލު ކުރަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާ ކަމަށް ވިދާޅުވި އެވެ. މާރިޔާ އިތުރަށް ވިދާޅުވީ އޭނާ އެންޑޯޒު ކުރައްވަނީ ރައީސް ސޯލިހު ކަމަށާއި އަންނަ އަހަރުގެ އިންތިހާބު ރައީސް ސޯލިހުއަށް ކާމިޔާބުކޮށްދިނުމަށް ފުރިހަމައަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
https://twitter.com/MariyaDidi/status/1536586669595295745
އެމްޑީޕީގެ ތެރެއިން ގިނަ މަޖިލީސް މެމްބަރުްނ ގެންދަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް