ޑްރަގް މައްސަލައިގަ ހައްޔަރު ކުރި ޝްރައްދާގެ ބޭބެ ސިދާންތު ޝަރުތަކާއި އެކު ދޫކޮށްލައިފި!

މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ބޮލީވުޑްގެ ބަތަލާ ޝަރައްދާ ކަޕޫރުގެ ބޭބެ ސިދާންތު ކަޕޫރު ދޫކޮށްލައިފި އެވެ. ޝްރައްދާގެ ބޭބެގެ އިތުރުން އޭނާ އަކީ އެކްޓަރެއް އަދި ބޮލީވުޑްގެ އެސިސްޓެންޓު ޑައިރެކްޓ...

14 Jun 2022 | 04:33

މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ބޮލީވުޑްގެ ބަތަލާ ޝަރައްދާ ކަޕޫރުގެ ބޭބެ ސިދާންތު ކަޕޫރު ދޫކޮށްލައިފި އެވެ.

ޝްރައްދާގެ ބޭބެގެ އިތުރުން އޭނާ އަކީ އެކްޓަރެއް އަދި ބޮލީވުޑްގެ އެސިސްޓެންޓު ޑައިރެކްޓަރެކެވެ. އުމުރުން 37 އަހަރުގެ ސިދާންތު ހައްޔަރު ކުރީ ބެންގަލޫރޫ ފުލުހުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސިދާންތުގެ އިތުރުން އެކުގައި ހައްޔަރު ކުރި އެންމެން ދޫކޮށްލާފައިވެ އެވެ. އެކަމަކު އެމީހުން ދޫކޮށްލީ ފުލުހުންގެ އެދިއްޖެ ހާލަތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެއްބަސް ކުރުވުމަށް ފަހު އެވެ.

ސިދާންތު ހައްޔަރު ކުރީ ހޮޓަލެއްގައި ޕާޓީ ކުރަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ. އެ އޮޕަރޭޝަންގައި14 އަންހެނުންނާއި21 ފިރިހެނުން ބައިވެރިވި އިރު އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޕޮސިޓިވްވީ ހަ މީހުންނެވެ. އޭގެ ތެރޭގައި ސިދާންތު ހިމެނެ އެވެ.

އެމީހުން އެ ޕާޓީއަށް ދިޔައީ މަސްތުގެ ހާލަތުގައި ކަމެއް ނުވަތަ އެ ޕާޓީ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރީ ކަމެއް އަދި ސާފެއް ނުވެ އެވެ.

ބޭބެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ބޮލީވުޑްގެ ކުރީގެ ބަތަލް އަދި އަމިއްލައަށް މަރުވި ސުޝާންތް ސިންގް ރާޖްޕުޓުގެ މަރުގެ މައްސަލައިގަ ސުވާލު ކުރި މީހުންގެ ތެރޭގައި ޝްރައްދާ ހިމެނެ އެވެ. އޭނާ އާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ސުވާލު ކުރީ ސުޝާންތާއި އެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތެރެއިންނެވެ.

ސިދާންތާއި ޝްރައްދާއަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަކްތީ ކަޕޫރުގެ ދަރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް