ކޯވިޑް ޖެހުނު އަދަދު މިއަދު 372 ގައި، ގިނައީ އަތޮޅު ތެރެއިން

ރާއްޖެއިން އިތުރު 372 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅު ތެރެއިން 214 މީހުންނަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. މާލެއިން ޕޮސިޓިވްވެފައިވަނީ 125 މީހުންނެވެ. ދެން ޕ...

14 Jun 2021 | 17:16

ރާއްޖެއިން އިތުރު 372 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅު ތެރެއިން 214 މީހުންނަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. މާލެއިން ޕޮސިޓިވްވެފައިވަނީ 125 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 30 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން އެކަކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 5،262 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 8،703 މީހުުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 82 މީހުންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު މިއަދު ވަނީ 61،761 އަށް އަރާފައި އެވެ.

މި ބަލީގައި މިއަދުގެ މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ. އެއީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވި މީހުންގެ އަދަދަކީ 198 އެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 70،673 އަށް އަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް