މިއަދު ނިޔާވި މީހާގެ މަރަކީ ކޮވިޑް މަރެއްނޫންކަމަށް ކަނޑައަޅައިފި

މިއަދު ނިޔާވިމީހާގެ މަރަކީ ކޮވިޑް މަރެއްނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ. އެޗްޕީއޭއިން ކުރިން ބުނެފައި ވަނީ، ކޮވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 55 އަހަރު...

14 Jun 2021 | 14:00

މިއަދު ނިޔާވިމީހާގެ މަރަކީ ކޮވިޑް މަރެއްނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފި އެވެ.

އެޗްޕީއޭއިން ކުރިން ބުނެފައި ވަނީ، ކޮވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެމީހާ މަރުވީ މިއަދު ހެނދުނު 11:19 ގައި ކަމަށެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް 11) ގައި އެވެ.

ނަމަވެސް ފަހުން އެޗްޕީއޭއިން ބުނެފައި ވަނީ، އިތުރަށް ބެލި ބެލުމުން، އެމަރަކީ ކޮވިޑް މަރެއް ނޫންކަމަށް ކަނޑައަޅާފައި ވާ ކަމަށެވެ.

އެންމެ ފަހުގެ ކޯވިޑް-19ގެ މައުލޫމާތަށް ބަލާއިރު ކޯވިޑް ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 9،326 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 88 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 197 މީހުންނެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު އިއްޔެ ވަނީ 60،769 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 70،301 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް