ކ. ގިރިފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކުއާޓާރޒްގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ ސަރވިސް ކޯ ގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤެވެ.
މި މަޝްރޫޢުގެ ދަށުން، ގިރިފުށީގައި314 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވެއެވެ.
18.35 މިލިއަން ރުފިޔާގެ މި މަޝްރޫޢުއަކީ145 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް