މިސްކިތުގައި ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއެކު ޚާއްޞަ މަސައްކަތްތަކެއް ފެށިފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ މިކަމުގައި އިތުރަށް އެޅޭނެ ފިޔަވަޅުތައް ވެސް އަޅަމުންދާނެ ކަމަށެވެ.
https://twitter.com/MMuizzu/status/1404400557620547584
މަސްތުވާތަކެތި ބޭނުން ކުރަންށާއި މަސްތުގެ ހާލަތުގައި މިސްކިތްތަކުގައި ތިއްބަ ރޭ 15 މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން މިއަދު ބުނެފައި ވެއެވެ.
މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ހަތިމުތަކުގެ ތެރެއަށް މަސްތުވާތަކެތި ފޮރުވަންލާ ލާކަން ފަޅާ އަރުވާލީ ބަޔަކު ސޯޝަލް މީޑިއާގައި އެވެ. އެއާއި އެކު ފުލުހުން ވަނީ އެކަން އިތުރަށް ބަލާނެ ކަމަށްބުނެފަ އެވެ.
މި މައްސަލައިގަ ފުލުހުން މިއަދު ބުނީ ރޭ ހައްޔަރު ކުރި 15 މީހުންނަކީ މަސްތުގެ ހާލަތުގައި ނުވަތަ އެއްވެސް ބޭނުމެއް ނެތި މިސްކިތްތަކަށް އަރާ އުޅުނު މީހުން ކަމަށެވެ. އަދި ހައްޔަރު ކުރި އެންމެންގެ މަސްތުވާތަކެތި ބޭނުން ކުރުުގެ ކުށުގެ ރެކޯޑު އެބަ ހުރި ކަމަށް ބުންޏެވެ.
އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ހަތް މީހުން ރިމާންޑް ސެންޓަރެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އަދި އަނެއް އަށް މީހުން ތިން ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ހުކުމް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް