އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދަނީ

އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން އިއުލާނުކޮށްފިއެވެ. އެގޮތުން އަންހެން 10 އެގްޒަމިނަރުންނާއި ފިރ...

14 Jun 2021 | 11:59

އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން އިއުލާނުކޮށްފިއެވެ.

އެގޮތުން އަންހެން 10 އެގްޒަމިނަރުންނާއި ފިރިހެން 10 އެގްޒަމިނަރުންގެ އިތުރުން ހެވީ ވެހިކަލް އެގްޒަމިނަރުންގެ 10 މީހުން ހޯދަން އެ އޮތޯރިޓީއިން އިއުލާނުކޮށްފައި ވެއެވެ.

މީގެ ތެރެއިން އަންހެން އަދި ފިރިހެން އެޒްޒަމިނަރުންގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން A0,A1 ގިންތީގެ ލައިސަންސް އޮތުމާއި ްފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން އެ މީހަކީ، ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ, އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހަކަށް ވުމާއި ޢުމުރުން 55 އަހަރު ނުވާ އަދި ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުމަކީ ޝަރުތެކެވެ.

ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައިނުވާ އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުމަކީ ވެސް ޝަރުތެއްކަމަށް އެ އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

ހެވީ ވެހިކަލް އެގްޒަމިނަރުންގެ ޝަރުތުތަކުގެ ތެރޭގައި، މަތީގައިވާ ޝަރުތުތަކުގެ އިތުރުން ހިމެނެނީ ހެވީ ވެހިކަލް އޮޕްރޭޓް ކުރުމުގެ ހުއްދަ ލިބިފައި އޮތުމެވެ.

މި30 އެގްޒަމިނަރުންނަށް ވުމަށް، މި މަހުގެ22 ވަނަ ދުވަހުގެ14:00 ގެ ކުރިން އެ އޮތޯރިޓީއަށް މެއިލްކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް