ކޯވިޑް މަރުގެ އަދަދު 198 އަށް އަރައިފި

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 11:19 ގައި އެވެ. މަރުވި އިރު އެމީހާއަށް...

14 Jun 2021 | 10:16

ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 11:19 ގައި އެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް 11) ގައި އެވެ.

މިއީ މިއަދު ބަލީގައި މަރުވި ފުރަތަމަ މީހާ އެވެ. މި މަސް ފެށުނު ފަހުން ކޯވިޑްގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ.

އެންމެ ފަހުގެ ކޯވިޑް-19ގެ މައުލޫމާތަށް ބަލާއިރު ކޯވިޑް ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 9،326 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 88 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މަރުވެފައިވަނީ 198 މީހުންނެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު އިއްޔެ ވަނީ 60،769 އަށް އަރާފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 70،301 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް