ހަނިމާދޫ އެއަރޕޯޓް ބޭރު ބަޔަކަށް ދޭން އުޅޭކަމަށް ބައެއް ފަރާތްތަކުން ބުނާތީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ރައްދުދެއްވައިފި އެވެ.
ފައްޔާޒް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށް ވިޔަސް އެ އެއަރޕޯޓު ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏަކުންކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.
https://twitter.com/faya_i/status/1404338339906347008
ފައްޔާޒް މިހެން ވިދާޅުވި އިރު ރާއްޖޭގެ އެއަރޕޯޓްތައް ހިންގުމަށް 100 އިންސައްތަ ހިއްސާ ބޭރު ކުންފުނިތަކަށް ދޭން ސަރުކާރުން ނިންމައި އެކަން އިއްޔެ ވަނީ ގެޒެޓު ކޮށްފައި އެވެ.
މިކަމާއި ގުޅިގެން، ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އުސޫލަށް ގެނައި ބަދަލުގެ ތެރެއިން ރާއްޖޭގެ އެއަރޕޯޓެއްގެ އެއަރ ޓްރެފިކް އޮޕަރޭޝަން ރާއްޖޭގެ އަމިއްލަ ފަރާތަކަށް ނޫނީ ބޭރު ފަރާތަކަށްވެސް ދޭން ނިންމާފައިނުވާކަމަށެވެ.
ސަރުކާރުން އިއްޔެ ވަނީ ރާއްޖޭގައި ފޮރިން ޑައިރެކްޓް އިންވެސްޓްކުރުމާއިބެހޭ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އުސޫލަށް ގެނައި ބަދަލުގެ ދަށުން ރާއްޖޭގައި އެއާރ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް