ބީއެމްއެލް އިން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވަނީ

ކޮންމެ 3 މަހަކުން 1 ފަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ލޭހަދިޔާކުރުމުގެ ކޭމްޕްތައް ބާއްވާނެކަމަށް  ބުނެފިއެވެ. ބީއެމްއެލް އިން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަ...

14 Jun 2021 | 08:14

ކޮންމެ 3 މަހަކުން 1 ފަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ލޭހަދިޔާކުރުމުގެ ކޭމްޕްތައް ބާއްވާނެކަމަށް  ބުނެފިއެވެ.

ބީއެމްއެލް އިން މިހެން ބުނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން އެ ބޭންކުގެ މުވައްޒަފުން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފެށުމުގެ ގޮތުންނެވެ. ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަހާއި ގުޅުވައިގެން ބީއެމްއެލްގެ މުވައްޒަފުން ވަނީ މާލެ، ކުޅުދުއްފުށި އަދި މަނަދޫގައި ލޭހަދިޔާކުރުމުގެ ހަރަކާތްތައް މިއަދު ބާއްވާފައެވެ.

މި ހަރަކާތުގައި އެ ރަށްރަށުގެ ބީއެމްއެލް ބްރާންޗްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައެވެ. ބީއެމްއެލްއިން ބުނީ 3 މަހުން 1 މަހުން ލޭހަދިޔާކުރުމުގެ ކޭމްޕްތައް ބާއްވަން ނިންމީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން އެނގޭތީކަމަށެވެ.

މި ހަރާކާތް މާލޭގައި ކުރިޔަށް ގެންދަނީ މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެންނެވެ. އަދި އަތޮޅުތަކުގައި ކޭމްޕް ބާއްވަނީ ރީޖަނަލް ހޮސްޕިޓަލް މެދުވެރިކޮށެވެ. ދެ ދުވަހަށް ކުރިޔަށް ދާ މި ކޭމްޕް މެދުވެރިކޮށް 70 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ލޭ ހަދިޔާ ކުރުމަށް ރަޖިސްޓްރީކޮށްފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް