ތިނަދޫން ކޯވިޑް ޖެހުނު މީހުންގެ އަދަދު 318 އަށް

ގދ. ތިނަދޫން އިތުރު ތިން މީހުން ކޯވިޑް-19އަށް ފައްސިވެ، ޖުމުލަ އަދަދު 318 އަށް އަރައިފިއެވެ. ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު މިއާއެކު 125 އަށް އަރާފައި ވެއެވެ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމ...

14 Jun 2021 | 08:05

ގދ. ތިނަދޫން އިތުރު ތިން މީހުން ކޯވިޑް-19އަށް ފައްސިވެ، ޖުމުލަ އަދަދު 318 އަށް އަރައިފިއެވެ.

ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު މިއާއެކު 125 އަށް އަރާފައި ވެއެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުން ކޯވިޑް-19 އަށް ކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 177 ސާމްޕަލެއް ވެއެވެ.

އަދި ކޯވީޑް-19 ޖެހުނު މީހުންގެ ތެރެއިން 193 މީހުން ވަނީ ރަނގަޅު ވެފައެވެ.

އޭޕްރީލް 24 ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އެއާއެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޯވިޑް ހޮޓްލައިން ނަންބަރު 7934641 އަް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް