ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ހައްޔަރު...

14 Jun 2021 | 07:05

ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހާފައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާ ފެނިފައިވަނީ ހައްޔަރުކުރި މީހާގެ ކޮޓަރިންނެވެ. ކުއްޖާއާމެދު ބަދުއަހްލާގީ އަމަލު ހިންގާފައިވާ ކަމަށް ބެލެވޭ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާ ކުއްޖާއަށް ކަންތައްތަކެއް ކޮށްދީ، އެ ކުއްޖާ ގްރޫމްކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެކި ވެސް ފުލުހުން ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

ހައްޔަރުކުރި މީހާ ވަނީ އޭނާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައި ވަނީ ކުއްޖާއާމެދު ގޯސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އެ ކުއްޖާ އެގެއަށް ގޮސްފައިވަނީ އަމިއްލައަށް ކަމަށް އޭނާ ކޯޓުގައި ބުންޏެވެ. އަދި އެކަން ހިޔާގެ މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށް އޭނާ ކޯޓުގައި ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި، އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ރެކޯޑް ވެސް އޮތް މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް