ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަކީ ބޭރު ބައެއްގެ އެޖެންތެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާޕޯޓްތައް ބޭރު ކުންފުނިތަކަށް ދެނީ ހީލަތްތެރިކަމުން، ދިވެހި ބިމާއި ވިޔަފާރިތައް ދިވެހިންގެ އަތުން ފޭރިގަތުމަށް ކަމަށެވެ.
ޖަމީލް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލު ވިދާޅުވީ އިބްރާހިމް މުހައްމަދު ޞާލިޙުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ ކަމަށެވެ.
”ރައީސް ސޯލިހުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ. ގައުމަށް ނުރައްކާ. ރ. އިބޫއަކީ ބޭރުބައެއްގެ އޭޖެންޓެއްކަން ކަށަވަރު” ޓްވީޓްގައި ޖަމީލް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1404311025906688000
ބެލެވޭ ގޮތުގައި ޖަމީލް މިހެން ވިދާޅިވީ ބޭރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގޭގޮތައް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ގެ ޕޮލިސީއަށް އިއްޔެ ބަދަލު ގެނައުމާ ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިސްލާހުގައި ވާގޮތުން އެއްވެސް ދިވެހި ހިއްސާއެއް ނޯންނަ 100 އިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެއެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ. އަދި ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް 100 އިންސައްތަ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހަށް އިއްޔެ ވަނީ އަމަލުކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް