ރާއްޖޭގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ: އަލީ ހުސައިން

ރާއްޖޭގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ. އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އިންޑިއާ ސަރުކ...

14 Jun 2021 | 05:44

ރާއްޖޭގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އިންޑިއާ ސަރުކާރުން ގެނެސްގެން އުޅޭ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އެ ގައުމުގެ މިލިޓަރީން ދެކޮޅު ހެދި ހިސާބުން އެއޮތީ ރާއްޖޭގެ މިނިވަންކަން ގެއްލިފައި ކަމަށެެވެ.

https://twitter.com/AleeVoice/status/1404292143301103621

"ރާއްޖެއަށް އިންޑިޔާ ސަރުކާރުން ގެނެސްގެން އުޅޭ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އިންޑިޔާގެ މިލިޓަރީން ދެކޮޅުހެދި ހިސާބުން އެއޮތީ ދިވެހި ރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފެދިފަ." އަލީ ހުސައިން ވިދާޅުވިއެވެ.

ކޮންމެ ދެ އަހަރަކުން އެއްބަސްވުން އާ ކުރާ ގޮތަށް ގެނައި އިންޑިއާގެ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާކުރިއެވެ. އެކަމަކު ފަހުން އިންޑިއާއާ ގުޅުން ގޯސްވެ، 2017 ގައި އެއްބަސްވުން އާ ނުކޮށް ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ވެސް އެދުނެވެ.

އެކަމަކު، އެކަން ނުވެ ވަނިކޮށް ފަހުން މި ސަރުކާރު އައިސް އެއްބަސްވުން އާ ކުރީއެވެ. އިންޑިއާގެ ސިފައިން ތިބެގެން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް