ރަށްރަށުގައި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ ސިޔާސަތު މިރޭ އިއުލާނު ކުރަނީ

ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ މުހިންމު ކަމެއް މިރޭ އިއުލާން ކުރާން ސަރުކަރާރުން ނިންމައިފިއެވެ. ސަރުކާރުގެ ރަސްމީ ޓްވިޓާ އެކަުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ބޯހި...

14 Jun 2021 | 04:23

ދިވެހި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ މުހިންމު ކަމެއް މިރޭ އިއުލާން ކުރާން ސަރުކަރާރުން ނިންމައިފިއެވެ.

ސަރުކާރުގެ ރަސްމީ ޓްވިޓާ އެކަުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭ މުހިންމު ކަމެއް ހޯމަ ދުވަހުގެ ރޭ އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސިޔާސަތެއް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.

އެކަމަކު މިރޭ އިއުލާންކުރާ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފައިވަނީ އިއުލާން ކުރުމަށް ނިންމާފައިވަނީ ރަށްރަށުގައި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ ސިޔާސަތާއި ގުޅޭ މައުލޫމާތު ކަމަށެވެ. އިތުރު ތަފްސީލެއް މިނިސްޓްރީން ވެސް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ ގެދޮރު އެޅުމަށް ރަށްރަށުގެ މީހުންނަށް ލޯނު ދޫކުރުމާއި ގުޅޭ ސިޔާސަތެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށާނެކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފަ އެވެ.

https://twitter.com/governmentmv/status/1404073040430829577

ހޯމަ ދުވަހުގެ ރޭ 9:30 ގައި ބާއްވާ މި ރަސްމިއްޔާތު، ގަވަމަންޓް އޮފް މޯލްޑިވްސްގެ ފޭސްބުކް އަދި ޓްވީޓާ އެކައުންޓުންނާއި ޓީވީ ޗެނަލްތަކުން ވަގުތުން ގެނެސްދޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތަކީ މި 5 އަހަރު ނިމޭ އިރު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް