މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

މަސްވެރިކަމުގައި އުޅުނު ދޯންޏެއްގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ސީނު ގަން ބޮއި، ކައިރީގައި މަސްވެރިކަމުގައި އުޅުނު ...

14 Jun 2021 | 03:10

މަސްވެރިކަމުގައި އުޅުނު ދޯންޏެއްގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ސީނު ގަން ބޮއި، ކައިރީގައި މަސްވެރިކަމުގައި އުޅުނު "ރަސް އައިނު" ދޯނީގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އަވަސް ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 06:12ހާއިރު" އެމްއެންޑީއެފުން ބުނެފައިވެއެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ މި ފަހަކަށް އައިސް ތަންކޮޅެއް އާންމުކޮށް ދިމާވަމުން އަންނަ ކަމެކެވެ. އެގޮތުން މި އަހަރު އެކަނިވެސް މިފަދަ ހަތަރު ހާދިސާއެއް ހިނގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް