އދ އަތޮޅުގެ ރައްރަށުން އެހެން ރައްރަށަށް ނުވަތަ މާލެއަށް އިމަރޖެންސީ ހާލަތުގައި ބަލިމީހުން ގެންދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އާސަންދަ ކޮމްޕެނީ ލިމިޓެޑްއިން އިއުލާނުކޮށްފިއެވެ.
އެ ކުންފުނީގެ އިއުލާނުގައި ވަނީ، މިކަމަށް އެދި ރަޖިސްޓްރީ ކުރަން ޖެހޭނީ މި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ކަމަށެވެ.
ރެޖިސްޓްރީ ކުރެއްވުމަށް [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި، ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރުމަށް އާސަންދަ ކޮމްޕެނީއިން އެދެއެވެ.
އެ ކޮމްޕެނީއިން ބުނެފައިވާ ގޮތުގައި، މިކަމަށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ27 ވާ އާދީއްތަ ދުވަހުގެ11:00 ގައި ވެބް މީޓިންގް އެއް މެދުވެރިކޮށް ކަމަށެވެ.
ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިގެންދާނެ ކަމަށާއި އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން އެ މީޓިންގގައި ކަމަށް އާސަންދަ ކޮމްޕެނީއިން ބުނެއެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް