އެއާޕޯޓްތައް ބޭރުގެ ކުންފުނިތަކަށް ހިންގޭގޮތަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ޝަހީމް ގޮވާލައްވައިފި

ވައިގެ ބަނދަރުތައް ބޭރުގެ ކުންފުނިތަކަށް ހިންގޭގޮތަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ. ޑރ. ޝަހީމް ވިދާޅުވެފައިވަނ...

14 Jun 2021 | 01:30

ވައިގެ ބަނދަރުތައް ބޭރުގެ ކުންފުނިތަކަށް ހިންގޭގޮތަށް ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަމާމެދު ޝައްކެއްނެތް ކަމަށެވެ.

"އިގްތިސާދީ ނަޒަރަކުން ބެލިނަމަވެސް އެއީ ދިވެހި ދައުލަތަށް ގެއްލުންވާނެކަމެއް" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު 100 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓުތައް ހިންގަން މަގުފަހިވާގޮތަށް ފޮރިން އިންވެސްޓްމަންޓް ޕޮލިސީ ވަނީ އިސްލާހު ކޮށްފައެވެ.

މި އިސްލާހު ގެނެސްފައިމިވަނީ އިންޑިއަން އެގްޒިމް ބޭންކުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިންވެސްޓްކުރަން ނިްމާފައިވާ ވަގުތެއްގައެވެ.

https://twitter.com/Mohamedshaheem1/status/1404245407530586116

ފޮރިން އިންވެސްޓްމަންޓް ޕޮލިސީއަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުގައި އެއާޕޯޓް މެނޭޖު ކުރުމުގެ ބާރާއި ރަންވޭ އާއި ޕަސިންޖަރު ޓާމިނަލް ހިމެނޭހެން އެއާ ޓްރެފިކް ކޮންޓްރޯލު ކުރުމުގެ ހިދުމަތުގެ އިތުރުން ގްރައުންޑް ސާވިސް އާއި އެއާ ފީލްޑްގެ ހިދުމަތް ބޭރުގެ ކުންފުނިތަަކަށް ކޮންޓްރޯލު ކުރެވޭނެހެން ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް