ދުވަސް ކުރުވާހަކަ މުބާރާތް 1442 – ނަތީޖާ

ދުވަސް އިން މިދިޔަ ރަމަޟާން މަހު ކުރިއަށްގެންދިޔަ ކުރުވާހަކަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ޖުމްލަ 25 ވާހަކައެއް ލިބި، 20 ވާހަކައެއް ޝާއިޢު ކުރެވި، އެތައް ޝެއާ އަކާއި އެތައް ކޮމެންޓެއް ...

13 Jun 2021 | 19:23

ދުވަސް އިން މިދިޔަ ރަމަޟާން މަހު ކުރިއަށްގެންދިޔަ ކުރުވާހަކަ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ޖުމްލަ 25 ވާހަކައެއް ލިބި، 20 ވާހަކައެއް ޝާއިޢު ކުރެވި، އެތައް ޝެއާ އަކާއި އެތައް ކޮމެންޓެއް ލިބިގެެންގޮސްފައިވެއެވެ.

ނަތީޖާ ނެރުމުގައި އަޅުގަނޑުމެން ބަލާފައިވާނީ ކުރީގެ މިކަމާއި ގުޅޭގޮތުން އަޅުގަނޑުމެން ހާމަކޮށްފައިވާ ގޮތަށް 70 އިންސައްތަ ޖަޖުންގެ މާކްސް އަދި 30 އިންސައްތަ ފޭސްބުކް ޝެއަރ އަދި ލައިކްސް އަށް ބަލައިގެންނެވެ.

މިގޮތުން އަޅުގަނޑުމެންގެ ޖަޖިންގ ކުރިއަށް ގެންގޮސްފައިވަނީ ވާހަަކަ ލިޔުންތެރިޔާ އަދި ޕްރެޒެންޓާ އަލީ ސުލައިމާން ހިމެނޭހެން ޖަޖިން ޕެނަލަކުންނެވެ. ސޯޝަލް މީޑިއާގެ ބައި އަދި ޖުމްލަ އެކު ނަތީޖާ ނެރެފައިވާނީ ޖަޖުންގެ މާކްސް އަދި ސޯޝަލް މީޑިއާ މާކްސް ހިމެނޭނޭހެންނެވެ.

އެންމެ ފުރަތަމަ މި ހިމަނާލަނީ އެއްވަނަ، ދެވަނަ އަދި ތިންވަނަ ނެގުމަށްފަހު ޓޮޕް ފައިވް އެވެ.

ޓޮޕް ފައިވް – ފަހެއް: ހަޔާތުން ސަފްހާއެއް – އާއިޝަތު އަޤީލާ

ޓޮޕް ފައިވް – ހަތަރެއް: ސިއްރު – ފާތިމަތު އަހުލާމް

ޓޮޕް ފައިވް – ތިނެއް: އޮޅުން – އާމިނަތު އަގުލީމާ

ޓޮޕް ފައިވް – ދޭއް: އުންމީދެއްވެޔޭ – އިބްރާހިމް އާޚިރް

ޓޮޕް ފައިވް – އެކެއް: ކުށުގެ ވެށިން – ފާތިމަތު ރަހީމާ

ދެން މި ހިސާބުން މި ހިމަނާލަނީ މި މުބާރާތުގެ ފަޚުރުވެރި އެއްވަނަ، ދެވަނަ އަދި ތިންވަނައެވެ.

ތިންވަނަ: ހިންތާ – ސަމްލާ އިބްރާހިމް

ދެވަނަ: އުންމީދު – ފާތިމަތު ވިދާދާ

އެއްވަނަ: ލޯބިވެވުން އެއީ ކުށަކަށްވާނަމަ – ސަމާ އިސްމާއިލް

މި މުބާރާތް ކުރިއަށް ގެންގޮސްފައިވާނީ މުބާރާތުގެ އެއްވަނަ އަށް 4000 ރުފިޔާ، ދެވަނަ އަށް ދެ ހާސް ރުފިޔާ އަދި ތިންވަނައަށް 1500 ރުފިޔާ އަދި މީގެ އިތުރުން އެއްވަނަ، ދެވަނަ، ތިންވަނަ ނެގުމަށްފަހު އެންމެ މޮޅު ފަސް ވާހަކައަކަށް ކޮންމެ ވާހަކައަކަށް 500 ރުފިޔާ ލިބިގެންދާނެ ގޮތަށެވެ.

މީގެ އިތުރުންވެސް އަޅުގަނޑުމެން ނިންމާފައިމިވަނީ ކޮންމެ ބައިވެރިއަކަށްވެސް ހަނދާނީ ލިޔުމެއްވެސް ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް