މެސީ އާއި ގުޅިގެން އުރީދޫއިން ވަރުގަދަ ކެމްޕެއިން ފަށައިފި

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އުރީދޫ ގްރޫޕުގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރު ލިއޮނަލް މެސީ އާއި ގުޅިގެން އެ ކުންފުނިން "އެންޖޯއި ދި އިންޓަނެޓް" ގެނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އ...

14 Jun 2018 | 16:17

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި އުރީދޫ ގްރޫޕުގެ ގްލޯބަލް ބްރޭންޑު އެމްބެސެޑަރު ލިއޮނަލް މެސީ އާއި ގުޅިގެން އެ ކުންފުނިން "އެންޖޯއި ދި އިންޓަނެޓް" ގެނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

މި ކެމްޕެއިންގައި ރާއްޖޭގެ އެތްލީޓް އަހްމަދު އާތިފް ފަދަ އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ އެކި މާކެޓްތަކުގެ ސޯޝަލް މީޑިޔާ އިންފުލެއެންސައިން ބައިވެރިވެ އެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ މެސީ އާއި އެކު ކުރިއަށްގެންދިޔަ މި ކެމްޕެއިނުގައި، އާތިފް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ރާއްޖެއަށް ލިބުނު އުފަލެއް ކަމަށެވެ.

"އާތިފް އަކީ ރާއްޖޭގެ ގިނަބައެއްގެ މަގްބޫލުކަން ލިބިފައިވާ، އާ ކަންތައްތަކާއި ކުރިމަތިލާން ވަރަށް ކެރޭ އަދި ޑިސިޕްލިންޑް އެތްލީޓެއް

އަދި މި ކެމްޕެއިނަށް، ހާއްސަގޮތެއްގައި ޕްރާގް އާއި ބާސެލޯނާގައި ކުރިއަށްދިޔަ ޝޫޓިންގެތެރޭގައި، އާތިފްގެ ފަރާތުން ލިބުނު އެއްބާރުލުމަށް

ޝުކުރު އަދާކުރަން،" އުރީދޫގެ ޑިރެކްޓަރު ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ގެ ސީއީއޯ، ޝައިޚް ސައުދް ބިން ނާސިރް އައްސާނީ ވިދާޅުވީ  އުރީދޫ އާއިލާ އާއި މެސީ ގުޅިގެން، އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ މާކެޓެއްގައި ލިބެންހުރި ކުރިއަރާފައިވާ ހިދުމަތްތަކުން، ޑިޖިޓަލް ދުނިޔޭގައި ކުރެވެން ހުރި ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭކަން ދައްކައިދެވިއްޖެ ކަމަށެވެ. މެސީ އަދި އިންފުލެންސާ އިންވަނީ އުރީދޫގެ ފެންވަރާއި ލިބެން ހުރި ޑިޖިޓަލް ކޮންޓެންޓްގެ

މުއްސަނދިކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫ ގްރޫޕުން ބުނީ ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަކީ އެ ކުންފުނީގެ މައިގަނޑު ތަސައްވުރު ކަމަށެވެ. މި ކެމްޕޭންގެ ދަށުން، އުރީދޫގެ އެންމެ ކުރިއަރާފައިވާ ނެޓްވާކް މެދުވެރިކޮށް އިންޓަނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް