ބަރަކާތްތެރި ރަމަޟާން މަސް ނިމި މާދަމައަކީ އުފާވެރި ފިތުރު ޢީދު ދުވަހެވެ. ދުވަހުގެ ކިޔުންތެރިންނަށް ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކުބާދީ ދުވަސް ޓީމުގެ ފަރާތުން އަރިސް ކުރަމެވެ.
ދުވަހުގެ ކިޔުންތެރިން، ކިޔުންތެރިންގެ އާއިލާއާއި ރަހުމަތްތެރީންނަށް ޢީދު މުބާރަކު ދެންނެވުމުގައި ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި މިއަދު ހެނދުނު ދުވަސް އިން ވާނީ ފޭސްބުކްގައި ޢީދު މުބާރަކު ފްރޭމެއް ތައްޔާރުކޮށް އާއްމުކޮށް ދޫކޮށްލާފަ އެވެ.
ދުވަސް އިން ވާނީ މީގެ ކުރީގައިވެސް މިފަދަ މުނާސަބާތަކަށް ހާއްސަކޮށް ފްރޭމްތައް ހަދާފައި އެވެ. އަދި ދުވަސްގެ ފްރޭމްތަކަށް ބޮޑު ތަރުހީބެއް ލިބޭ ކަމީ މިފަދަ ފްރޭމްތައް ތައްޔާރު ކުރުމުގައި ދުވަސް ޓީމަށް ލިބޭ ހިތްވަރެކެވެ.
އަދިވެސް އެއްފަހަރު ދުވަސް ޓީމުގެ ނަމުގައި ދުވަހުގެ ކިޔުންތެރީންނާއި ކިޔުންތެރިންގެ އާއިލާ މެމްބަރުންނާއި އަދި ރަހުމަތްތެރިންނާއި އަދި އެންމެހާ ދިވެހީންނަށް އުފާވެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރަކުބާދީ އަރިސް ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް