ވިލާއަށް ގާނޫނާއި ހިލާފަށް ލުއި ދީފައިވާތީ އަދީބަށް ދައުވާ ކުރަނީ

ވިލާގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ހެދި ސެޓްލްމަންޓް އެގްރިމެންޓްތައް ހަދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެން...

14 Jun 2018 | 08:29

ވިލާގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ހެދި ސެޓްލްމަންޓް އެގްރިމެންޓްތައް ހަދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައި އެވެ. އޭސީސީން މި މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ އެއްބަސްވުންތަކަކީ ވަރަށް ބައިވަރި ފައިސާ ހިމެނޭ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުންތަކެއް ކަމަށެވެ.

އޭސީސީން މި މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ތ. އެލާ އާއި ގދ. ގަޒީރާ އާއި ރ. މާނެންފުއްޓާއި ކ. ބޮލިދުއްފަރާއި ކ. ވާވެއްދި ފަޅުތަކުގެ މައްސަލަ ބެލި އިރު ސެޓްލްމެންޓް އަދި އެމެންޑްމެންޓް އެންޑް ރީސްޓޭޓެޑް އެގްރީމެންޓްތައް ހަދާފައި ވަނީ ސުޕްރީމް ކޯޓް 2013 އިގެ ގަޒިއްޔާއަކުން ކޮށްފައިވާ ހުކުމަކާއި ގުޅިގެން އދ. ފެންފުށީ ފިވާގޭ އަލީ އިބްރާހީމަށް ދައުލަތުން 9،69277.00 މިލިއަން ޑޮލަރު ދޭން ޖެހުމާ ގުޅިގެން ކަމާއި އެ ބަވަތުގެ އެހެން މައްސަލަތަކެއް ކޯޓްގައި ހިނގަމުންދާތީ ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ކަމަށް އެއްބަސްވުންތަކުގައި ބުނި ނަމަވެސް ދޭންޖެހޭ ބަދަލާ ބަލާއިރު ނުބައްދަލު ފައިދާއެއް ސެޓްލްމެންޓް އެގްރީމެންޓްތަކުން ލިބިދޭ ކަމަށާއި އެގްރިމެންޓްތައް ހަދާފައި ވަނީ ފަހުން ދޭން ޖެހިދާނެ ބަދަލަކަށް ބަލައިގެން ކަމަށް ބުނި ނަމަވެސް އެއީ ދައުލަތުން ދައްކަން ޖެހިދާނެ ބަދަލެއް ކަން އެ މަރުހަލާގައި ކަށަވަރު ނުކުރެވޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ހެދިފައިވާ ސެޓްލްމެންޓް އެގްރީމެންޓްތަކާއި އެމެންޑެޑް އެންޑް ރީ ސްޓޭޓެޑް އެގްރިމެންޓްތައް ހަދާފައި ވަނީ މާލިއްޔަތުގެ ގާނޫނާއި ޓޫރިޒަމް ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ އުސޫލުަތަކާ ހިލާފަށް ކަމަށެވެ. އަދި އެ އެއްބަސްވުންތައް ހެދުމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެހެން ބަޔަކަށް ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށެވެ.

ވިލާ އާއި އެކު 2013 ވަނަ އަހަރު ހެދި އެ އެއްބަސްވުންތައް 2015 ގައި ސަރުކާރުން ބާތިލް ކޮށްފައި ވަނިކޮށް، މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް