މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބަހަށް ވާނެ ކަމާއި މެދު ސުވާލު އުފެދޭ ކަމަށް އިންޑިއާއިން ބުނެފި އެވެ.
އިންޑިއާއިން މިހެން ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދަށް އިއްޔެ އިއްވި ޖަލު ހުކުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ. އިންޑިއާގެ ބަޔާނުގައި ބުނެފައިވަނީ އިއްޔެ އެ ތިން ބޭފުޅުންނަށް އިއްވި ޖަލު ހުކުމަކީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން އިއްވި ހުކުމެއް ނޫން ކަމަށެވެ.
އިންޑިއާއިން ބުނީ އުއްތަމަ ފަނޑިޔާރާއ، ރައީސް މައުމޫން އާއި ދެކޮޅަށް ޝަރީއަތް ކުރި ގޮތުން ސަރުކާރުން ގާނޫނު ނަގަހައްޓާ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެ ގައުމުން ބޭނުންވަނީ ރާއްޖެއަކީ ޑިކޮރަޓިކް ހަމަތަކުގެ މަތިން ހިނގާ، އަމާންކަމާއި ސުލްހަމަސްލަސްކަން ގާއިމުވެފައި އޮތް ގައުމެއްގެ ގޮތުގައި އޮތުމެވެ.
އިންޑިއާގެބަޔާނުގައި ވަނީ ޖަލުގައި ތިއްބެވި މައުމޫން ހިމެނިވަޑައިގަންނަވާ ގޮތަށް ސިޔާސީ ލީޑަރުންން މިނިވަންކޮށް، ރިޔާސީ އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދޭން ސަރުކާރަށް ގޮވާލައިފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައި އޮތް ދަނޑިވަޅުގައި މިނިވަން މުއައްސަސާތަކާއި ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވާނެ ކަމަށް ބުނެފައިވެ އެވެ. މިއީ ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ގޮވާލި ކަމެއް ކަމަށް އެ ބަޔާނުގައި ފާހަގަކުރި އެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އެ ތިން ބޭފުޅުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އަހަރާއި ހަތް މަހަށެވެ. އެ ދައުވާ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ތިން ބޭފުޅުން ހައްޔަރު ކުރުމަށް ފަހު ފޯނު ދޭން އެދުމުން އެކަމަށް އިންކާރު ކުރުމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް