ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޮން އަގުބޮޑުކޮށް ގަނެގެން އުޅޭ އެޕާޓްމަންޓު ހުންނަ ކޮމްޕްލެކްސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު އެވެ. މުމްބާއީގެ ދެކުނުގައި ހުންނަ 34 ބުރީގެ މި އިމާރާތުން ދިޕިކާ ވަނީ އެއް ފްލޯ އެއްކޮށް ގަނެފައި އެވެ. އެތަނުން އެއްބައިގަ އޭނާ ދިރިއުޅޭ އިރު އަނެއް ބަޔަކީ އޮފީހެއްގެ ގޮތުގައި ބޭނުން ކުރާ ތަނެކެވެ.
އިމާރާތުގެ އެހެން ފްލޯއެއްގައި އަލިފާން ރޯވުމާއި ގުޅިގެން ސަޕޯޓަރުން ހާސްވެ ޓުވީޓު ކުރަން ފެށުމުން ދިޕިކާ ވަނީ އޭނާއަށް އެއްވެސް ގެއްލުމެއް ނުވެ ސަލާމަތުން ހުރި ކަމަށް ބުނެފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިމާރާތުގައި އަލިފާން ރޯވި އިރު ދިޕިކާ ގެއަކު ނޫޅެ އެވެ. އަދި އެ ހާދިސާގައި އޭނާގެ އެޕާޓްމަންޓާއި އޮފީހަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
މިފަހަކަށް އައިސް މުމްބާއީގެ އަގުބޮޑެތި އަދި މަޝްހޫރު މީހުން ދިރިއުޅޭ އެޕާޓްމަންޓުތަކުގައި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައި އެވެ. އެގޮތުން މިދިޔަ ހަފްތާގައިވެސް އެފަދަ ދެ ހާދިސާއެއް ހިނގާފައިވާއިރު މިދިޔަ އަހަރު ފަހުކޮޅު ވަނީ އައިޝްވާރިއާ ރާއީގެ މަންމަގެ އެޕާޓްމަންޓުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް