ދިވެހިން ރޯދަވީއްލަން ރެސްޓޯރެންޓް ތަކަށް – މޮރޮކޯގެ ރައްޔިތުން ގޮނޑުދޮށަށް

ރަމަޟާން މަހު އާއިލާ ނުވަތަ ރައްޓެހިންނާއެކު ރޯދަވީއްލަން ރެސްޓޯރެންޓަކަށް ދިއުމަކީ ދިވެހީންނަށް މިއަދު އާދައަކަށް ވެފައިވާކަމެކެވެ. ނަމަވެސް މުސްލިމް ޤައުމެއް ކަމުގައިވާ މޮރޮކޯގެ ރައްޔިތުން ރޯދަ ވީއް...

14 Jun 2018 | 04:40

ރަމަޟާން މަހު އާއިލާ ނުވަތަ ރައްޓެހިންނާއެކު ރޯދަވީއްލަން ރެސްޓޯރެންޓަކަށް ދިއުމަކީ ދިވެހީންނަށް މިއަދު އާދައަކަށް ވެފައިވާކަމެކެވެ.

ނަމަވެސް މުސްލިމް ޤައުމެއް ކަމުގައިވާ މޮރޮކޯގެ ރައްޔިތުން ރޯދަ ވީއްލަން ދަނީ ގޮނޑުދޮށަށެވެ. އާއިލާ އަދި ރައްޓެހީންނާއި އަވަށްޓެރީންނާއި އެކުގައި އެވެ. މޮރޮކޯ ރައްޔިތުންގެ ރޯދަވީއްލުން ވަރަށް ތަފާތެވެ.

އެގޮތުން މޮރޮކޯގެ ވެރިރަށް ރަބާތުގައި މި މަންޒަރު ރަމަޟާން މަހު ހަމަ ކޮންމެ ދުވަހަކު ފެންނާނެ އެވެ. ގޮނޑުދޮށްތައް އޮންނަނީ ފުރިފަ އެވެ. ކޮންމެ ބަޔަކުވެސް ދަނީ އަމިއްލައަށް ކާއެއްޗެހި ހިފައިގެންނެވެ. ގްރޫޕް ގްރޫޕު ހަދައިގެންނާއި އާއިލާތަކެވެ.

ރާޅުގެ އަޑު އިވޭފަށުގައި ތިބޭއިރު އިރު އޮއްސެން ގާތް ވުމުން މޮރޮކޯގެ ލަވަތައް ކިއުމާއި ލަވަބާޒީ ކުޅުމާއި ނެށުންވެސް އޮވެ އެވެ. އެއްބަޔަކު އަވަދިނެތި ގަޑިއަށް ބަލާއިރު އަނެއް ބަޔަކު އުޅެނީ އެ ގައުމުގެ ޤަދީމީ ލަވަތައް ކިޔުމާއި ޤަދީމީ ނެށުންތަކުގައި އެވެ.

ރޯދަވީއްލާ ވަގުތު ޖެހުމާއެކު ބޮޑު ބަޑިއެއް ގޮއްވާލައެވެ. އެ އަޑު އިވުމުން އެއް ބަޔަކު އަވަދިނެތި ކެއުމުގައި މަސްޢޫލު ވާއިރު އަނެއް ބަޔަކު ނަމާދު ކުރުމައިގެން އަވަސް ވެ އެވެ. އަދި ރޯދަވީއްލާ ނިމި އިޝާނަމާދު ވާންވާއިރަށް ގޮނޑުދޮށްތައް އެއްކޮށް ހުސްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް