ކުކުޅު ކައްކާއިރު ރަނގަޅީ ނުދޮވެ ކެއްކުން !

ކިޔުންތެރިން ހިތަށް އަރާފާނެ އެވެ. ކުކުޅު ނުދޮވެ ކެއްކުމަކީ ކިހާ ނުތާހިރު ކަމެއް ހެއްޔެވެ؟ އެހެނެއް ނޫނެވެ. ނުތާހިރީ ކުކުޅު ދޮވެގެން ކެއްކުމެވެ. ކީއްވެކަން އެނގިލައްވާތޯ އެވެ.!؟ ކުކުޅަކީ އޭގެ ބޭރުގައި...

14 Jun 2018 | 03:47

ކިޔުންތެރިން ހިތަށް އަރާފާނެ އެވެ. ކުކުޅު ނުދޮވެ ކެއްކުމަކީ ކިހާ ނުތާހިރު ކަމެއް ހެއްޔެވެ؟ އެހެނެއް ނޫނެވެ. ނުތާހިރީ ކުކުޅު ދޮވެގެން ކެއްކުމެވެ. ކީއްވެކަން އެނގިލައްވާތޯ އެވެ.!؟

ކުކުޅަކީ އޭގެ ބޭރުގައި ގިނަ އަދަދެއްގެ ބެކްޓީރިއާ އެކުލެވޭ އެއްޗެކެވެ. މީގެ ތެރެއިން އެއް ބެކްޓީރިއާ އަކީ ކެމްޕަލޯބެކްޓާއެވެ. ކެމްޕަލޯބެކްޓާ އަކީ ކާނާ ވިހަވުމަށް މަގުފަހިކޮށްދޭ އެންމެ އިސް އެއް ބެކްޓީރިޔާއެވެ. އަދި ބަންދުކޮށްފައި ހުންނަ %50 ކުކުޅުގައި މި ބެކްޓީރިއާ ހުރެއެވެ. ލޮލަށް ނުފެނުކަމުގައިވިނަމަވެސް ކުކުޅު ދޮންނަން އިސްކުރު ދަށަށް ލުމުން ބެކްޓީރިއާތައް އަތާއި ގަޔަށާއި އަދި ކައިރީގައި ހުންނަ ތެލި ތަށިފަދަ ބަދިގޭގައި ގެންގުޅޭ ސާމާނަށް ބުރައިގެންދެއެވެ. އަދި މި ބެކްޓީރިއާ އެއްވެސް ގޮތަކުން ހަށިގަނޑުގެ އެތެރެއަށް ގޮސްފިނަމަ ކާނާ ވިހަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ނުދޮންނަންޏާ ކުކުޅުގައި މި ބެކްޓީރިޔާ ހުންނާނެއެއް ނޫންހެއްޔެވެ؟ ރަނގަޅެވެ. އެހެއްނަނަމަވެސް ކުކުޅު ކައްކާއިރު ކުކުޅުގައި ހުންނަ ހުރިހާ ބެކްޓީރިއާއެއް މަރުވާނެއެވެ. ކައްކާއިރުގައި ކުކުޅު ރަނގަޅަށް ރޯފިލުވާށެވެ. އަދި ކުކުޅު ކެއްކުމަށް ފަހު ކައްކަން ބޭނުންކުރި ހުރިހާ ސާމާނަކާއި އަތް ރަނގަޅަށް ދޮންނާށެވެ. މީގެ އިތުރުން ރޯ ކުކުޅު އައިސް އަލަމާރީގައި ރައްކާކުރާއިރު އެހެން ތަކެއްޗާއި ވަކިން ރައްކާކުރުން މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް