އެންޓާޓިކާ ގަނޑުތައް ވިރޭ މިން ތިން ގުނަ އަވަސްވެ ލޮނުގަނޑު އުފުލެނީ

މީގެ ފަސްއަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު އެންޓާޓިކާގެ ގަނޑުތައް ތިންގުނައަވަހަށް ވިރެމުންދާކަމަށް ސައިންޓިސްޓުން ބުނެފިއެވެ. ތިމާވެއްޓާބެހޭ ޖާނަލްއެއްކަމުގައިވާ ނޭޗާ ގައި ޝާއިޢު ކުރި މި ދިރާސާގައި ...

14 Jun 2018 | 03:35

މީގެ ފަސްއަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު އެންޓާޓިކާގެ ގަނޑުތައް ތިންގުނައަވަހަށް ވިރެމުންދާކަމަށް ސައިންޓިސްޓުން ބުނެފިއެވެ.

ތިމާވެއްޓާބެހޭ ޖާނަލްއެއްކަމުގައިވާ ނޭޗާ ގައި ޝާއިޢު ކުރި މި ދިރާސާގައި ބުނެފައިވާގޮތުގައި 1992 ވަނަ އަހަރަށްފަހު އެންޓާޓިކާއިން ތިން ޓްރިލިއަން ޓަނުގެ ގަނޑު ވިރިފައިވާކަމަށާއި މީގެ ތެރެއިން ފަސްބައިކުޅާ އެއްބައި ގަނޑު ވިރިފައިވަނީ ފާއިތުވެދިޔަ ފަސްއަހަރުގައިކަމަށް ބުނެފައި ވެ އެވެ. އަދި "ގްލޯބަލް ވާމިން" ނުހުއްޓުވައިފިނަމަ ދުނިޔޭގެ އައްސޭރިފަށުގެ ހުރިހާ ހިސާބެއް ކަނޑުގެ އަޑިއަށް ގޮސްދާނެކަމަށްވެސް މި ދިރާސާގައި ބުނެފައިވެއެވެ.

އެންޓާޓިކާގައިވާ ގަނޑުފެނުގައި ދުނިޔޭގެ ކަނޑު 60 މީޓަރު (210 ފޫޓޫ) އުފުލޭވަރަށް ފެން އެބަހުއްޓެވެ. މީގެ ތެރެއިން މިވަގުތު އެންޓާޓިކާއާއި ވަކިވެގެން ކަނޑުގެ ތެރެއަށް ވިރިގެންދާ ހިސާބުތަކުން ކަނޑުގެ ލޮނުގަނޑު 3.5 މީޓަރަށް (11 ފޫޓު) އުފުލިގެންދާނެއެވެ. މިވަގުތު ހިސާބުތަށް ދައްކާގޮތުގައި ކަނޑުގެ ލޮނުގަނޑު އަހަރަކު 3.4 މިލިމީޓަރު އުފުލެމުންދެ އެވެ. 1993 ގެ ފަހުން ކަނޑުގެ ލޮނުގަނޑު ވަނީ 84.8 މިލިމީޓަރު އުފުލިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް