އައްޑޫ ސިޓީ މަރަދޫފޭދޫ ބޮޑު މަގުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި ހާދިސާއެއްގައި ސީރިއަސް އަނިޔާ ލިބުނު ޒުވާނަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
"އައްޑޫލައިވް"ގައި ބުނެފައިވާ ގޮތުގައި މިރޭ 1:30 ހާއިރު ސައިކަލް ކަހާލައިގެން ވެއްޓި ބޮލަށް އަނިޔާ ލިބި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ހިތަދޫ ގަސްރު ހައުސް، މޫގިލް ރަޝީދުއެވެ.
އޭނާ ވެއްޓުނީ ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް މަރަދޫފޭދޫ ކޮޅުގައިވާ "ބެންޑުން" އަޅާލަން އުޅުމުގެ ތެރޭގައި ސައިކަލް ކޮންޓްރޯލް ނުކުރެވި ވެއްޓިގެން ކަމުގައި އެ ނޫހުގައި ބުނެފައި ވެ އެވެ.
އައްޑޫ ލައިވްގައި އިތުރަށް ބުނެފައިވަނީ އޭނާއަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށް ކަމަށާއި ނަމަވެސް އޭނާއަށް ލިބިފައިވާ ޒަހަމް ސީރިއަސް ކަމުން ފަހުން ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް