ތިނަދޫގައި ތުއްތު ކުއްޖަކު މަރުވި މައްސަލައެއްތަހުގީގު ކުރަނީ

ގދ. ތިނަދޫގައި އުމުރުން 11 މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން އެންމެ 11 މަހުގެ ތުއްތު ކުއްޖެއްގެ މަރުގެ މައ...

14 Jun 2015 | 14:19

ގދ. ތިނަދޫގައި އުމުރުން 11 މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން އެންމެ 11 މަހުގެ ތުއްތު ކުއްޖެއްގެ މަރުގެ މައްސަލައެއް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް ހުށަހެޅީ މެންދުރު 12:30 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެކުއްޖާގެ ގައިން ސާމްޕަލް ނެގުމަށް ފަހު މިހާރު އާއިލާއާއި ހަވާޅުކޮށްފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފެށީ ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ކުރެވުމުން ކަމަށެވެ.

އެގޮތުން އެއީ ގުދުރަތީ މަރެއްތޯ ނުވަތަ މައިންބަފައިގެން އިހުމާލުން ވީ މަރެއްތޯ ތަހުގީގު ކުރަންޖެހޭކަމަށް ފުލުހުން ބުންޏެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފަތިހު ނިންދެވި އެ ކުއްޖާ ނުހޭލައިގެން މެންދުރެއްހާއިރު ބެލި އިރު އެ ކުއްޖާ ގަޔަށް ވަނީ ހިނި އަރާފަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް