ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ދެކޮޅަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ގައި މުޒާހަރާކުރި މީހުންނަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އަންނަ އޮގަސްޓް މަހަށް ފަސްކޮށްފި އެވެ.
ކުރިން ހަމަޖެހިފައި އޮތް ގޮތުން އެމީޙުންގެ މައްޗަށް ހުކުމް އިއްވުން މިއަދު މެންދުރު 01:00 ގައި ބޭއްވުމަށް އޮތީ ހަމަޖެހިފައިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާއި އެހެނިހެން ބައެއް ކަންތައްތައް ހުރުމުން ހުކުމް އިއްވުން ލަސްކުރަން ޖެހުނީ ކަމަށެވެ.
މިއަދު ބާއްވަން ތާވަލްކުރުމަށް ފަހު ފަސްކޮށްފައިވާ އެ މަޖިލިސް މިހާރު ކުރިއަށް ގެންދަން ނިންމާފައި ވަނީ، އޮގަސްޓް ހައެއްގެ މެންދުރުފަހު 12:45ގަ އެވެ.
އިދިކޮޅު އެމްޑީޕީގެ އަންހެނުންގެ ރޫހުން މިދިޔަ މާޗު މަހު ކުރި އެ މުޒާހަރާއާ ގުޅިގެން ދައުލަތުން ވަނީ 15 މީހެއްގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އުފުލާފަ އެވެ. އޭގެ ތެރެއިން 14 މީހެއްގެ ޝަރީއަތް ކުރިއަށް ގެންގޮސް، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
އެ މައްސަލަ އެންމެ ފަހުން ބައްލަވަމުން ގެންދެވި ގާޒީ ޝުޖާއު އުސްމާން މިދިޔަ ހަފުތާގައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް