ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް

ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ޒުވާނުންތަކެއް އިންތިޒާމް ކޮށްގެން އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި އިންޓަނޭޝަނަލ...

14 Jun 2015 | 10:30

ޒުވާނުންނަކީ ދުނިޔެއަށް ބޮޑު ބަދަލެއް ގެނުވާނެ ބައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޒުވާނުންތަކެއް އިންތިޒާމް ކޮށްގެން އިންޑޮނޭޝިއާގެ ބާލީގައި ބޭއްވި އިންޓަނޭޝަނަލް އެނާޖީ ސަމިޓުގައި ތަގުރީރު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ޒުވާނުން ދުނިޔެއަށް ގެންނަ ބަދަލާއި އެކު ޒުވާނުންގެ ސަބަބުން މުސްތަގުބަލަށް ކުރެވެނީ ވަރަށް ފޮނި އުންމީދުތަކެއް ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާ ޒުވާނުން އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް މޫސުމަށް ކުރާ އަސަރުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެދެން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ މޫސުމަށް ބަދަލުތައް އަންނަ މައިގަނޑު ސަބަބަކީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި އަމަލު ކުރެވޭ ގޮތްތައް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަރީރާ ގައުމުތަކަށް ބޮޑު އަސަރެއް ކުރާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ތަގުރީރުގައި މިއަހަރު ފުރާންސްގެ ޕެރިހުގައި ބާއްވާ އދ. ކްލައިމެޓް ޗޭންޖް ކޮންފަރެންސް އަށް އަލި އަޅުވާލައި ވިދާޅުވީ އެކޮންފަރެންސްގައި މޫސުމަށް ކުރާ އަސަރުތައް ކުޑަ ކުރެވޭނެ ގިތްތަކަކަށް ދުނިޔޭގެ ގައުމުތަކުން އެއްބަސްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް