ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމަށް ޢަދާލަތުން ގޮވާލައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމަށް ޢަދާލަތު ޕާޓީއިން ގޮވާލައިފިއެވެ. އެ ޕާޓީއިން މިކަމަށް ގޮވާލާފައިވަނީ މިރޭ ނެރުނު ނޫ...

14 May 2025 | 16:53

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ނިންމި ނިންމުން މުރާޖަޢާ ކުރުމަށް ޢަދާލަތު ޕާޓީއިން ގޮވާލައިފިއެވެ.

އެ ޕާޓީއިން މިކަމަށް ގޮވާލާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

" ޢަދާލަތު ޕާޓީން ގޮވާލަނީ މި ނިންމުން އަލުން މުރާޖަޢާކޮށް، ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، އަދި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް" ޢަދާލަތުން ބުނެފައިވެއެވެ.

އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޤާނޫނު އަސާސީ އާއި ޤާނޫނީ އިޖުރާއަތުތަކާ ޚިލާފަށް މަޤާމުން ވަކިކޮށްފައިވާތީ، ޢަދާލަތު ޕާޓީން ނުހަނު ކަންބޮޑުވުމާއެކު އެކަން އިންތިހާޔަށް ކުށްވެރިކުރާކަމަށެވެ.

ފަނޑިޔާރުގޭގެ މިނިވަންކަމަކީ ޤާނޫނީ ވެރިކަމާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މުހިންމު އެއް ރުކުންކަން ފާހަގަކުރަމުން ޢަދާލަތުން ބުނެފައިވަނީ އަލްއުސްތާޛު މަޙާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއެއްގޮތަށް ޢަދުލުވެރިކަމާއެކު ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިނުވުމަކީ ޤާނޫނީ ވެރިކަމާއި ޢަދުލު އިންސާފުން އެއްކިބާވެ އެބޭފުޅުންނަށް އަނިޔާވެރިވުމުގެ ޢަމަލެއްކަމުގައި އެ ޕާޓީއިން ޤަބޫލުކުރާކަމަށެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގދެ ފަނޑިޔާރުން މިފަދަ ގޮތަކަށް ވަކިކުރުމަކީ މި ރާއްޖޭގެ ޝަރުޢީ ނިޒާމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއްކަމަށާއި އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޤާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެކަން ކަށަވަރުކަމުގައިވެސް ޢަދާލަތުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް