ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރުމުން ސައިކަލު ޓޯކޮށް ޖޫރިމަނާކޮށް ލައިސަންސު ހިފަހައްޓައިފި

ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މައްސަލައެއްގައި ސައިކަލު ޓޯކޮށް ޖޫރިމަނާކޮށް ލައިސަންސު ހިފަހައްޓައިފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން...

14 May 2025 | 14:32

ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރި މައްސަލައެއްގައި ސައިކަލު ޓޯކޮށް ޖޫރިމަނާކޮށް ލައިސަންސު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލު ދުއްވަމުން ފޯން ބޭނުން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން ޓްރެފިކް އިންވެސްޓިގޭޝަނުން އެ މައްސަލަ ބެލުމަށްފަހު، ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ސައިކަލް ދުއްވި ފަރާތުގެ ލައިސަންސް ވަނީ ހިފަހައްޓާފައި ކަމަށެވެ.

ތިމާ އާއި، މަގު ބޭނުންކުރާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަން ފުލުހުން ހަނދުމަކޮށްދީފައިވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންގޮސްފައިވާ ވީޑިއޯއަކުން ފެންނަނީ ޒުވާން ފިރިހެނެއްގެ ސައިކަލު ފަހަތުގައި ޒުވާން އަންހެން ކުއްޖަކު އިން އިރު، ސައިކަލު ދުއްވާފައި ދިޔައިރު ފޯނުން ފުޓުބޯޅަ މެޗެއް ބަލަމުންދިޔަ މަންޒަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް