ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައިހުރި ބޮގަރާއި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ތަކެތި ނައްތާ...

14 May 2025 | 11:18

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ތަކެތި ނައްތާލާފައިވަނީ މި މެއި މަހުގެ 13 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިސް ގޯތި ތެރޭގައެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި ކުޅުދުއްފުށި ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގާފައިވާ ތަކެތި ކަމަށާއި މީގެ ތެރޭގައި ހިމެނެނީ 24  މައްސަލައެއްގައި ހިމެނޭ 34 ފުޅި ބަނގުރަލާއި ބަނގުރާ ދަޅަކާއި 8 ހަން އަދި 5 ލީޓަރުގެ ތިން ފުޅި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބަނގުރާ ނައްތާލުން ކުޅުދުއްފުށި ސިޓީ ޕޮލިހުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ރާއްޖޭގައި ކައްކާ މަސްތުވާތަކެތީގެ ދިޔާ ބާވަތައް ދިވެހިން "ބޮގަރު" ކިޔާ އުޅެތެވެ. އެތަކެތި ގިނަ ފަހަރަށް ރައްކާކޮށްފައިހުންނަނީ ކުކިންގ އޮއިލް ހުސްކުރި، ހަންހަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް