ސައިކަލެއްގެ މަޑިދަށުން ވައްކަންކުރިކަމަށް ބެލެވޭ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ދިވެހި ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
ފުލުހުން އާންމުކުރި އެ ވީޑިއޯއިން ފެންނަނީ ސައިކަލެއްގެ މަޑިދަށަށް އަތް ލައްވައި މަތާލުމަށްފަހު އެ މަޑިދަށުން ސިނގިރޭޓު ފޮއްޓެއް ނަގާ މަންޒަރެވެ.
ފުލުހުން ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށާއި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.
https://www.youtube.com/watch?v=Hjtsw0SAghk
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް