ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމައި ދެ ފަނޑިޔާރުން ވަކިކުރަން ފާސްކު...

14 May 2025 | 08:51

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސުލޫކީ މައްސަލަ ސާބިތުވާކަމަށް ނިންމައި ދެ ފަނޑިޔާރުން ވަކިކުރަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައެވެ.

އެ ވޯޓުގައި ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް 68 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކަނޑައަޅާފައިވަނީ އަޒްމިރަލްދާގ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާއާއި މަހާޒް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް