ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯއިން އުފައްދާ ފުރަތަމަ ފީޗާ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފި

ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ. އެ ވީޑީއޯގައި މި ފިލްމުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. 10 ސިކުންތުގެ މި ވީޑިއޯ ފަށަނީ އުސް ފައި...

14 May 2025 | 04:38

ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯ އިން އުފައްދާ ފުރަތަމަ ފީޗާ ފިލްމުގެ ފުރަތަމަ ފެނިލުން ދައްކާލައިފި އެވެ.

އެ ވީޑީއޯގައި މި ފިލްމުގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

10 ސިކުންތުގެ މި ވީޑިއޯ ފަށަނީ އުސް ފައިވާނެއް ލައިގެން ހުރި އަންހެނެއްގެ ފައި ބިންމައްޗަށް އަޅާ މަންޒަރުންނެވެ. އެއާއެކު ބިންމަތީގައިވާ ހިކި ފަތްތައް ބުރައިގެން ދެ އެވެ. މި ވަގުތުކޮޅުގެ ފަހަތުން ދެން ފެންނަނީ ބޮތްކެކެވެ. އޭގެ މައްޗަށް ލޭގެ ދެތިކި ވެއްޓިގެން ދެ އެވެ. މިމަންޒަރުތަކުގެ ތެރެއިން އިވެނީ "ބަލަ މަ މީ މުޅި ހިންނަވަރަށް މަޝްހޫރު..." މިހެންނެވެ. އެއާއެކު ޖުމްލަ ފުރިހަމަ ނުވަނީސް އަޑު ކެނޑެ އެވެ.

މި ޓީޒާ ކުރު ނަމަވެސް، އޭގެ ފަންނުވެރިކަމުގެ ކުލަވަރާއި ސިއްރު ރަމްޒީ ކަންތައްތަކުގެ ސަބަބުން މަޝްވަރާތައް ފެށޭނެ އެވެ. މި ވީޑިއޯގައި އިވޭ އަޑަކީ ރާއްޖޭގެ މަޝްހޫރު ބަތަލާ އައިޝާ އަލީގެ އަޑު ކަމަށް ގަބޫލު ކުރެވެ އެވެ. އެހެންކަމުން ފިލްމުގެ ލީޑް ރޯލުން އޭނާ ފެނިދާނެ ކަމަށް އިޝާރާތް ކުރެވެ އެވެ. ނަމަވެސް ކްރިއޭޓިވް ނެޓްވޯކް ސްޓޫޑިއޯ އިން އަދި އޭނާގެ ބައިވެރިވުން ކަށަވަރުކޮށްދީފައި ނުވާއިރު، އެހެން ކާސްޓުންވެސް ހާމަކޮށްފައެއް ނުވެ އެވެ.

ޓީޒާ ނިންމާލަނީ މި އަހަރުގެ ކޮންމެވެސް ދުވަހަކުން ފިލްމު ސިނަމާތަކުގައި ރިލީޒްކުރާނެ ކަމުގެ މެސެޖަކުންނެވެ. ސީދާ ރިލީޒްކުރާނެ ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް، ޓީޒާއިން ވަނީ އާންމުންގެ ޝައުގުވެރިކަން ކާމިޔާބުކަމާއެކު ހޯދައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް