ޓެކްސީ އަގުތަކަށް ބަދަލެއް - ޑޮމެސްޓިކް ޓާމިނަލަށް އިތުރު 10 ރުފިޔާ، އިތުރުވާ ކޮންމެ ލަގެޖަކަށް 5 ރުފިޔާ

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރުމުގެ އަގުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަލުން ކަނޑައަޅައިފިއެވެ. އަލަށް ކަނޑައެޅި އަގުތަކަށް ބަލާއިރު ޒޯން ...

14 May 2024 | 15:40

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރުމުގެ އަގުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އަލުން ކަނޑައަޅައިފިއެވެ.

އަލަށް ކަނޑައެޅި އަގުތަކަށް ބަލާއިރު ޒޯން ތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ ފިޔަވަހި އެކެއް އަދި ފިޔަވަހި ދޭއްގެ އެތެރޭގެ ދަތުރުތައް) ހަ ޝީޓަށްވުރެ ދަށްނަމަ ކަނޑައަޅާފައިވާ އަގަކީ 30 ރުފިޔާއެވެ. ހަތް ޝީޓާއި 10 ޝީޓާއި ދެމެދުގެ އުޅަނދެއްނަމަ 45 ރުފިޔާއެވެ.

މާލެއިން ހުޅުމާލެއަށް އަގުތަށް ކަނޑައަޅާފައިވާގޮތަށް ބަލާއިރު މާލެއިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ހަ ޝީޓަށްވުރެ ދަށް އުޅަނދެއްނަމަ ކަނޑައަޅާފައިވާ އަގަކީ 85 ރުފިޔާއެވެ. އަދި ހަތް ޝީޓާއި 10 ޝީޓާއި ދެމެދުގެ އުޅަނދެއްނަމަ 130 ރުފިޔާއެވެ. މާލެއިން ފޭސް ދެއަކަށްނަމަ 100 ރުފިޔާ އަދި 155 ރުފިޔާއެވެ. އަދި މާލެއިން އެއާޕޯޓަށްނަމަ 70 ރުފިޔާއާއި 110 ރުފިޔާއެވެ.

ހުޅުމާލޭގެ އެއް ފިޔަވަހިން އަނެއް ފިޔަވައްސަށްނަމަ ހަ ޝީޓަށްވުރެ ދަށް އުޅަނދެއްނަމަ ކަނޑައަޅާފައިވާ އަގަކީ 40 ރުފިޔާއެވެ. އަދި ހަތް ޝީޓާއި 10 ޝީޓާއި ދެމެދުގައިނަމަ 60 ރުފިޔާއެވެ. ފޭސް އެކަކުން އެއާޕޯޓަށްނަމަ 80 ރުފިޔާއާއި 125 ރުފިޔާކަމުގައި ކަނޑައަޅާފައިވާއިރު ފޭސް ދެއަކުން އެއާޕޯޓަށް ކަނޑައަޅާފައިވަނީ 85 ރުފިޔާ އާއި 130 ރުފިޔާއެވެ.

މީގެ އިތުރުން އިތުރު ބަދަލަކަށް ގެނެސްފައިވާ ބަދަލަކީ ޑޮމެސްޓިކް ޓާމިނަލަށް ކުރެވޭ ދަތުރުތަކުން، އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް 10 ރުފިޔާ އަދި ލަގެޖުގެ ތެރެއިން ތިން ލަގެޖަށްވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާއެވެ.

ގެނެވުނު މި ބަދަލަށް އަމަލުކުރަން ފަށާނީ މި މަހުގެ 20 ވާ ހޯމަ ދުވަހުކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް