އައްޑޫ ސިޓީގައި މީހަކަށް ވަޅިން ބިރު ދައްކައި އަންނައުނު ބާލުވައި ވީޑިއޯކޮށް ފޭރުނު ކަމަށްބުނާ މައްސަލައެއްގައި މީހަކު ހޯދަން މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދަމުން އަންނަނީ ސ. ހިތަދޫ، ސޯމާ، އުމުރުން 34 އަހަރުގެ ޝަފީޤު އިބްރާހިމެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައަކީ މީހަކަށް ވަޅިން ބިރުދައްކައި ހުއްދަނޫން ގޮތުގައި އެމީހާ ހިފަހައްޓައި މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯކޮށް އޭނާގެ ބެންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާކަމަށްބުނާ މައްސަލައެކެވެ.
މި މައްސަލައިގެ ތަހުގީގަށް ހޯދަމުން އަންނަ މީހާ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 02:00 އަށް ސާޖަންޓް ހުސެއިން އާދަމް ބިލްޑިންގ އަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް