ބަނޑޭރި ކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ޒުވާނަކީ ގދ. ހޯނޑެއްދުއަށް ނިސްބަތްވާ ޒުވާނެއްކަމުގައި ހުވަދޫ މީޑިއާއިން ބުނެފިއެވެ.
އެގޮތުން އެ ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނު އެ ޒުވާނާއަކީ ގދ. ހޯނޑެއްދުއަށް ނިސްބަތްވާ ހައްމާދު ސައީދު ނަމަކަށްކިޔާ ޒުވާނެއްކަން އެ ނޫހަށް ވަނީ އެނގިފައެވެ. އަދި އެ ޒުވާނާއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް މިދިޔަ އަހަރު މިނިވަންކޮށްފައިވާ މީހެއްކަންވެސް އެ ނޫހަށް އެނގިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ބަނޑޭރި ކޮށީގެ ގެއެއްގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވާ ފެނުނު އެ ޒުވާނާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އިއްޔެ ފުލުހުން ބުނެފައިވާގޮތުގައި ސީން އަށް ފުލުހުން ދިޔައީ ލިބުނު ރިޕޯޓަކާއި ގުޅިގެންނެވެ. އަދި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަންވެސް އިއްޔެ ފުލުހުން ހާމަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް