އިކޮނޮމިކް މިނިސްޓަރ ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ. މިއީ ކޮމަންވެލްތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާބެހޭ މަޝްވަރާތަކަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިކޮނޮމިކް މިނިސްޓްރީ...

14 May 2024 | 10:28

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

މިއީ ކޮމަންވެލްތުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާބެހޭ މަޝްވަރާތަކަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ރާއްޖޭގެ ހަރުދަނާ މާލީ ބާޒާރެއް ގާއިމުކުރުމަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އާއި ޑިވެލޮޕްމަންޓް ބޭންކް ތަރައްގީ ކުރުމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި އިނގިރޭސި ސަރުކާރުގެ އެކި ފަރާތްތަކާއި، ހައުސް އޮފް ލޯޑްސް އަދި އިނގިރޭސިވިލާތުގެ ފައިނޭންޝަލް އެންޑް ޕްރޮފެޝަނަލް ސަރވިސަސް އިންޑަސްޓްރީގެ ފަރާތްތަކާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް