ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޤަތަރަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ވަޒީރު ޤަތަރަށް ފުރާ ވަޑައިގެނެފައިވަނީ މި މަހު 11 ވަނަ ދުވަހުއެވެ. މި މަހު 11-13 ގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅުގައި ވަޒީރު ވަނީ ޤަތަރުގެ އިސް ބޭފުޅުންތަކަކާއި ބައްދަލުކުރައްވާ ރާއްޖެއާއި ޤަތަރުގެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތްޕުޅު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ވަޒީރު ވަނީ ޤަތަރުގެ ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އައްޝެއިހް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީގެ އަރިހަށް ޒިޔާރަތް ކުރައްވަވާފައެވެ.
އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު ވަނީ ދެބޭފުޅުން މަޝްވަރާ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ. ޚާރިޖީ ވަޒީރުގެ މަގާމުގައި ޒަމީރު ޤަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް