އިންޑިޔާގައި ހިރަފުހުގެ ތޫފާނެއްގައި ބިލްބޯޑެއް ވެއްޓި 14 މީހުން މަރުވެ، 60 މީހަކަށް ވަނީ އަނިޔާ ވެއްޖެއެވެ.
އިންޑިޔާގެ ސިޓީއެއް ކަމުގައިވާ މުމްބައިިގެ ޕެޓްރޯލް ސްޓޭޝަންއަކު ހަރުކޮށްފައި ހުރި ބިލްބޯޑެއް ވެއްޓި 14 މީހަކު މަރުވެ 60 އަށްވުރެ ގިނަ މީުން ޒަޚަމްވެއްޖެއެވެ. ބިލްބޯޑު ވެއްޓިފައިވަނީ ހިރަފުގެ ތޫފާނަކާއި ގުޅިގެން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.އެގޮތުން ކަމާއިބެހޭ ފަރާތްތަކުން ދަނީ ބިލްބޯޑު ހަރުކުރި ފަރާތް ހޯދައި އެކަމުގެ ހުއްދަ އެފަރާތުން ނަގާފައި ތޯބެލުމުގެ މަސައްކަތް ކުރަމުން ކަމުގައި އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި މަންޒަރުދުން ފަރާތަކުން ބުނީ، ޕެޓްރޯލް ސްޓޭޝަންގެ ފުރާޅު މައްޗަށް ބިލްބޯޑު ވެއްޓި އެވަގުތު ސްޓޭޝަންގައި ހުރި ކާރާއި ސައިކަލުތަކުގައި ވާމީހުން ވަނީ އެބަރުބިލްބޯޑު ދަށުވެ ބިލްބޯޑުގެ ދަށުގައި ތާށިވެފައިކަމަށެވެ.އިންޑިޔާގެ ފުލުހުން ދަނީ ބިލްބޯޑު ދަށު ވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން އިންޑިޔާގެ އެ ސަރަހައްދުގެ ޗީފް މިނިސްޓަރ ވިދާޅުވީ އެންމެ އިސްކަމެއް ދެނީ މީހުން ސަލާމަތްކުރުމަށް ކަމަށެވެ.މިހާދިސާގައި އަނިޔާވި ފަރާތްތަކަށް ބޭސްފަރުވާގެ ހުރިހާ ހަރަދެއް އިންޑިޔާ ސަރުކާރުން ކުރާނެކަމަށް ޗީފް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް 5 ލައްކަ ރުފިޔާ ދެވޭނެ ކަމަށެވެ.
އިންޑިޔާގެ މޫސުން ގޯސްވެ އިއްޔެގެ ވަގުތެއް ގައި ހިރަފުހުގެ ތޫފާނާ ކުރިމަތި ލާންޖެހުމުން 66 މިނެޓަށް އެސިޓީގެ ފްލައިޓްތަށް ވެސް ވަނީ ކެންސަލް ކޮށްފައެވެ.އެވަގުތުގައި ޓްރެއިން ސްޓޭޝަންތައް ވެސް ވަނީ ބަންދުކޮށްފައެވެ.ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވިއްސާރަ ކުރާނެ ކަމަށް އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގާ މޫސުމަށް ސަމާލުވުމަށްއެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް