އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކު ނިޔާވެއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކު ނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ހުޅުމާލެ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކ...

14 May 2024 | 08:12

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެއްސަކު ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ ހުޅުމާލެ ނިރޮޅުމަގު އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިފައިވާކަށް މި މަހުގެ ފަސްވަނަ ދުވަހުގެ 03:26 ހާއިރު ރިޕޯޓް ކުރިކަމަށާއި ސައިކަލު ދުއްވި މީހާ ފަރުވާއަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ. އަދި އިތުރު ފަރުވާއަށް ފަހުން އޭޑީކޭއަށް ބަދަލުކުރިކަމަށެވެ.

"އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ހަވަނަ ދުވަހުގެ 00:50ގައި މީހާ ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް