ނަގޫރޯޅިއެއްގައި ހއ. ދިއްދޫ ބައެއް ގެތަކަށް ގެއްލުންތަކެއް

ރޭގައި ހ.އ ދިއްދޫއަށް ނަގޫރޯޅިއަށް އަރާ ގެއްލުންތަކެއް ލިބިއްޖެއެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ރޭގަ ކުރި ގަދަ ވިއްސާރައެއްގައި ނަގޫރޯޅިއެއް އަރާއި އެ ރަށު ފުލެޓް ސަރަހައްދުން ...

14 May 2024 | 06:06

ރޭގައި ހ.އ ދިއްދޫއަށް ނަގޫރޯޅިއަށް އަރާ ގެއްލުންތަކެއް ލިބިއްޖެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ރޭގަ ކުރި ގަދަ ވިއްސާރައެއްގައި ނަގޫރޯޅިއެއް އަރާއި އެ ރަށު ފުލެޓް ސަރަހައްދުން ފްލެޓްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެގޮތުން 6 ގެއެއްގެ ފުރާޅުއެއްލާލައިފައިވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ވެސް އެކި ކަހަލަ ގެއްލުން، ފްލެޓްތަކަށް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިލައްވާ ކަމަށް އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ، މިހާތަނަށް ދިއްދޫ ކައުންސިލަށް ގުޅާ ރިޕޯޓު ކުރައްވާފައިވާ ތަންތަނަށްގޮސް މިވަގުތު ކައުންސިލުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ކަމަށެވެ.

ގެއްލުން ލިބިފައިވާ ފަރާތްތަކުން ކައުންސިލާ ގުޅާ ލިބިފައިވާ ގެއްލުންތައް ފާހަގަކޮށްދެއްވުމަށް އެހީތެރިވެދެއްވުމަށް އަބްދުﷲ ރަޝީދުވަނީ ފްލެޓްގައި ދިރިއުޅޭ ބޭފުޅުން ކިބައިން އެދިލައްވާފައެވެ.

މޫސުން ގޯސްވެ ރޭ މޫސުމާ ބެހޭ އިދާރާއިން ވަނީ ބައެއް ސަރަހައްދަށް އޮރެންޖު ސަމާލުވެސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް