ކޮންމެ އަހަރަކު އެކި ގައުމަށް ސަލާން ޖެހުމަށް ނާށިގަނޑު ހިފައިގެން ބޭރު ގައުމުތަކަށް ދާންޖެހުމަކީ ދިޔުމަކީ އުފާ ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން ޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރުއެމް) ގެ ރައީސް ފާރިޝް މައުމޫނު ވިދާޅުވެއްޖެއެވެ.
ފާރިޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އިންޑިއާއިން ވެދެއްވާ އެހީއަށް ޝުކުރުވެރިވާ ކަމަށެވެ. އެހެން ނަމަވެސް ބޭރު ގައުމުތަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަން އެބަ ޖެހޭކަމަށް އެ ޕޯސްޓްގައި ފާރިޝް ވިދާޅުވެފައިވެއެވެ.
ފާރިޝް މި ޕޯސްޓް ކުރައްވާފައިވަނީ އިންޑިޔާއިން ރާއްޖެއަށް ބަޖެޓްސަޕޯޓްގެ ގޮތުގައި ދިން 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާކަމަށް ބުނެ އިންޑިއާގެ ހައިކޮމިޝަނުން ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
އިންޑިޔާއިން ލޯނު ފަސްކޮށްދީފައިވަނީ، ރާއްޖޭގެ ޙާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިޔާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާއަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް