ހައްޖުގެ އަޅުކަމާއި ގުޅުވައި ސްކޭމެއް ހިންގަން އުޅުނު ތިން މީހަކު ސައުދީން ހައްޔަރުކޮށްފި

ހައްޖުގެ އަޅުކަމާއި ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދާ ބީދައިން ކެމްޕޭނެއް ކުރިއަށްގެންދިޔަ ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ސައުދީ އަރަބިއްޔާގެ ފުލުހުން ބުނެފިއެވެ. ސައުދީ ފުލުހުން ބުނެފައިވާ...

14 May 2024 | 01:32

ހައްޖުގެ އަޅުކަމާއި ގުޅުވައި މަކަރާއި ހީލަތުން ފައިސާ ހޯދާ ބީދައިން ކެމްޕޭނެއް ކުރިއަށްގެންދިޔަ ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ސައުދީ އަރަބިއްޔާގެ ފުލުހުން ބުނެފިއެވެ.

ސައުދީ ފުލުހުން ބުނެފައިވާގޮތުގައި އެ ތިން މީހުން ދިޔައީ ސޯޝަލް މީޑިއާގައި ފޭކު އިސްތިހާރު ކެމްޕޭނުތަކެއް ހިންގަމުންނެވެ. އެ ކެމްޕޭނުތަކުގައިވާގޮތުގައި ހައްޖުވެރިންނަށް ދަތުރުފަތުރު ހިމެނޭހެން އެންމެހާ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެކަމަށް ބުނެފައިވެއެވެ.

މިފަދަ ފޭކު އިސްތިހާރުތަކަށް ސަމާލުވުމަށް ސައުދީގެ ރައްޔިތުންނާއި އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތަކަށް ސައުދީ ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް