މެދު ރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފި އެވެ.
މޫސުން ގޮސްވާނެ ކަމަށް ލަފާކޮށްފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓު ނެރެފައި އެވެ.
އެލާޓު ނެރެފައިވަނީ މިރޭ7:00 ން ދަންވަރު1:00 އަށެވެ.
މެޓުން ލަފާ ކުރާގޮތުގައި މިވަގުތުތަކުގައި އެ ސަރަހައްދަށް އާންމު ގޮތެއްގައި19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.
އަަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް