ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ނަގައި މަނީ ލޯންޑާ ކުރެއްވުމުގެ ދައުވާ ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކުރި52 މިލިއަން ރުފިޔާގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އެ ދައުވާ ސާބިތުވެ11 އަހަރުގެ ޖަލު ހުކުމެް ތަންފީޒު ކުރައްވަމުން ގެންދާ ޔާމީން އަތުން އެ ފައިސާ ނުނެގޭނެ ކަމަށް ހައި ކޯޓުން ކުރިން އޮތީ ހުކުމް ކޮށްފައި އެވެ. އެއީ ޖަލު ހުކުމް ކުރިތާ މާ ފަހުން ފައިސާ ނަގައިދިނުމަށް އަމުރު ކޮށްފައިވާތީ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި މިދިޔަ ހަފުތާގައި ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އަމުރު އެ ކޯޓުން ބާތިލް ކުރުމުން ކަމަށެވެ.
އެ އޮފީހުން ބުނީ އޭގެ ތެރޭގައި ހިމެނެނީ ރައީސް ޔާމީން ލޯންޑާ ކުރިކަމަށް ސާބިތުވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް